A letter to our constituency

بسم الله الرحمن الرحيم

އެމްޑީޕީ ފުވައްމުލަކު މެދު ދާއިރާ (މާލެގަން، މާދަޑު، މިސްކިތްމަގު) ގެ ލޮބުވެތި އެމްޑީޕީ މެންބަރުންނަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި، ފުވައްމުލަކު މެދު ދާއިރާ ތަމްސީލުކުރުމަށް އަޅުގަނޑު ކުރިމަތިލާފައިވާތީ، މި ދާއިރާގެ އެންމެހައި ލޮބުވެތި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ސަލާމް ރައްދުކުރަމެވެ.

އަޅުގަނޑުގެ އަމާޒަކީ، މާލެގަން، މާދަޑު އަދި މިސްކިތްމަގުގެ ލޮބުވެތި އަޚުންނާއި އުޚުތުންގެ އަޑު ޕާޓީގެ އެންމެ މަތީ ފަންތީގައި އިއްވައިދީ، ޕާޓީގެ ހިންގުން ހަރުދަނާކޮށް، ދާއިރާގެ ތަރައްޤީއަށާއި ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރާނެ ޒިންމާދާރު، ޖަވާބުދާރީވަނިވި މަންދޫބަކަށް ވުމެވެ. އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާނީ ތިޔަބޭފުޅުންނާ ގާތުން، މަޝްވަރާއާއި ޚިޔާލު ބަދަލުކުރުމުގެ ރިވެތި އުޞޫލުންނެވެ.

ޕާޓީ އިތުރަށް ބަދަހިކޮށް، ދާއިރާގެ މެންބަރުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ތިޔަ ލޮބުވެތި މެންބަރުންގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވެއެވެ.

ވީމާ، ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު މެދު ދާއިރާގެ ގޮނޑިއަށް އަޅުގަނޑު، ޙަސަން ޝާމް އަށް ތިޔަ ލޮބުވެތި މެންބަރުންގެ އަގުހުރި ވޯޓާއި އިތުބާރު ދެއްވުމަށް އެދި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

4 ޖުމާދަލްއޫލާ 1448
15 އޮކްޓޫބަރު 2026

ޚާދިމްކުމް
ޙަސަން ޝާމް

ކެންޑިޑޭޓް، އެމްޑީޕީ ޤައުމީ މަޖިލިސް (މެދު ދާއިރާ، ފުވައްމުލައް)